ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 05/(IUL)95-A/1/2019

ތާރީޚް: 18 ފެބުރުއަރީ 2019

މަޤާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކޯޓް / ސެކްޝަން

ހައިކޯޓު / ރިސެޕްޝަން

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  )މުސާރައިގެ %45 )

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1-      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ލިބިފައިވުން،

ނުވަތަ،

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS-2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރެޖިސްޓްރީ ބެލެހެއްޓުމުގައި އެހީތެރިވުން.
  2. ރެޖިސްޓްރޭޝަން ސެކްޝަންގެ މަސައްކަތާއި ގުޅިގެން މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާއެކު މުޢާމަލާތްކުރުން.
  3. ސެކްޝަންގެ އެންޓްރީ ބަލައިގަތުމާއި އެންޓްރީތަކުގެ ސޮފްޓް އަދި ހާޑް ކޮޕީ ތައްޔާރުކޮށް ބެލެހެއްޓުން. މިގޮތުން ސެކްޝަނަށް ލިބޭ ލިއުންތަކާއި ޖަވާބު ދެވުނު ލިއުންތަކާއި ޖަވާބު ނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކުރުން
  4. ޙައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓަރީ ބެލެހެއްޓުމުގައި އެހީތެރިވުން.
  5. ވަކީލުންގެ ހުއްދަ ތައްޔާރުކޮށް ދޫކުރުމުގަޔާއި، ވަކީލުންގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  6. މައްސަލަތަކާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން
  7. މައްސަލަތަކާ ގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ އާއި މެސެޖްފަދަ ތަކެތި ލިޔެފޮނުވުން.
  8. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުމުގައި އެހީތެރިވުން.
  9. ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާލިޔުމުގައި އެހީތެރިވުން.
  10. ފައިލިން ސިސްޓަމާއި ސެކްޝަންގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  11. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ރަޖިސްޓްރޭޝަނުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން
  12. ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުމުގައި އެހީތެރިވެދިނުން.
  13. ހުށަހެޅޭ މައްސަލަތަކަށް ފައިލްތައްޔާރުކޮށް މައްސަލަތަކުގެ ރެކޯޑް ތަރުތީބުން ބެލެހެއްޓުމަށް އެހީތެރިވެދިނުން.
  14. އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދައި ފޮތް ހެދުމުގައި އެހީތެރިވެދިނުން.
  15. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.
  16. ރެޖިސްޓްރޭޝަންއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ރަޖިސްޓްރަރއަށް އެހީތެރިވެދިނުން.

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

  1. ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)
  3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

  1. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  2. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.
  3.  ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ).
  4. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތް

-       ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-       ލިބިފައިވާ ތަޖުރިބާ

-       މަސައްކަތަށް ބޭނުންވާ ހުނަރު

-       ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

25 ފެބުރުއަރީ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

19 ފެބުރުވަރީ 2019
ހޯދާ