އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓުގެ ޑިޕާޗަރ ލައުންޖްގައި ހުންނަ ކިއޮސްކްގައި ފިހާރައެއް ހިންގާނެ ފަރާތެއް ހޯދުމަށް

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓްގެ ޑިޕާޗަރ ލައުންޖްގައި ހުންނަ ކިއޮސްކްގައި ފިހާރައެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި ޢިއުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 5 މާރިޗު 2019  ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

19 ފެބުރުވަރީ 2019
ހޯދާ