ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކްރެޑިޓް ކޮންޓްރޯލަރއެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ މި ދަންނަވާ މަޤާމަށް މުވައްޒަފު ބޭނުންވެއްޖެއެވެ.

މަޤާމް:ކްރެޑިޓް ކޮންޓްރޯލަރ 

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ:މަހަކު -/8000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑް އޮފީސް / ފައިނޭންސް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/8000 ރުފިޔާ އާއި -/9000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންގެ ކްރެޑިޓް ފެސިލިޓީސްތަށް ކޮންޓްރޯލްކޮށް މެނޭޖްކުރުން
  • ކުންފުނިން ކަނޑައަޅާ ޓާރގެޓްތައް ކޮންޓްރޯލްކޮށް މެނޭޖްކުރުން
  • ބިޒްނަސް ޔުނިޓްތަކުގެ ޑެބްޓް ބެލެންސާއި ކްރެޑިޓް ބެލެންސްތައް މެނޭޖްކުރުން
  • ކަސްޓަމަރުންނާއި މަޝްވަރާކޮށް ކަސްޓަމަރުންގެ ބެލެންސްތަށް ރީކޮންސައިލްކުރުން

ފެންވަރު ނުވަތަ ޝަރުތު

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ޑިގްރީއެއް އޮތުން

އެހެނިހެން ހުނަރު

  • މިދާއިރާގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައި އިސްކަން ދެވޭނެއެވެ.
  • ދިވެހި އަދި އިނގިރޭސިން ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

ގުޅޭނެ ނަންބަރު: 3344272  

18 ފެބުރުވަރީ 2019
ހޯދާ