ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން:

ނަންބަރު:IUL)120/1/2019/13

 

އިޢުލާން

2019 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން: 

2019 ވަނަ އަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2019 ފެބްރުއަރީ 19 ން ފެށިގެން 2019 ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފްޞީލް މިޑިޕާޓްމަންޓުން ލިބެންހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 13:30 އަށެވެ. ފޯމު ހުށަހަޅާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުންއެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

 

15 ޖުމާދަލްއާޚިރާ  1440

18 ފެބްރުއަރީ 2019

18 ފެބުރުވަރީ 2019
ހޯދާ