މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފިސަރ ޑިޒައިނަރ

 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އޮފިސަރ ޑިޒައިނަރ

މުސާރަ (މަހަކު) : -/6,600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް (މަހަކު) :-/4,400 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

 

   ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ- މަޤާމަށް ބޭނުންވާ ޑިޒައިންކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޑިޒައިންކުރުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، (ނުވަތަ)

 ށ- ޒައިންކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު  ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޑިޒައިންކުރުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ- މިކޯޕަރޭޝަނުން ޑިޒައިންކުރަންޖެހޭ ތަކެތި ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެ މަތިން ޑިޒައިން ކުރުން.

ށ- ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ މަސައްކަތްތައް ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެމަތިން ކުރުން.

ނ- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް.

 

  ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ)

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

 

  އިތުރު މަޢްލޫމާތު:

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

  އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

18 ފެބްރުއަރީ 2019

 

 

18 ފެބުރުވަރީ 2019
ހޯދާ