ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫގެ އެކި ސަރަހައްދުތަކުގައި ހިކިފައިހުރި ރުއްގަސް ނީލަން ކިޔުން

ނިލަންދޫ ސަހަރާ މަގުގެ ދެކުނުން ބޯގަންވިލާ ޙުސައިން އިބްރާހިމާއި ފިނިރޯޅި އިބްރާހީމް މުޙައްމަދަށް ވަގުތީގޮތުން ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ބިމުގައި ކޮޅުވެއްޓިފައިހުރި 09 ރުކާއި، އާސާރީ ސަރަހައްދުގައި ކޮޅުވެއްޓިފައިހުރި 01 ރުކާއި، ހިކިފައިހުރި 04 ގަސް ކަށިކޭލާއި 02 ކަނދުގަހާއި 01 ބަނބުކެޔޮ ބުޑުގަނޑުގެ ނީލަންކިޔުން 2019 ފެބްރުވަރީ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:30 ގައި އެސަރަހައްދުތަކުގައި އޮންނާނެއެވެ. ނީލަންކިޔަން ފަށާނީ ވަގުތީގޮތުން ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ދަނޑުބިން ހިމެނޭ ސަރަހައްދުންނެވެ.

ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނީލަން ފެށުމަށް ހަމަޖައްސާފައިވާ ސަރަހައްދަށް ކަނޑައަޅާފައިވާ ގަޑިއަށް ޙާޟިރުވެދެއްވުން އެދެމެވެ.  ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން 2019 ފެބްރުވަރީ 26 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ފައިސާ ދެއްކުމަށްފަހު 07ދުވަސް ތެރޭގައި ނީލަމުން ނެންގެވި ތަކެތި ބިމުންކޮނެ ތަކެތި ނަންގަވައި ތަންސާފުކުރަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

17 ފެބުރުވަރީ 2019
ހޯދާ