މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ކައުންސިލްގެ އިދާރާއަށް 05 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

   އިޢުލާން

ނ.މިލަދޫ ކައުންސިލްގެ އިދާރާއަށް 05 ކޮމްޕިއުޓަރ ސިސްޓަމް ގަނެދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި ތަކެތި ގަނެދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާ އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅޭނީ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު އެސްޓިމޭޓް ހުށައަޅާ ފަރާތުގެ ވިޔަފާރި / ކުންފުނި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް އެސްޓިމޭޓް ހުށައަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 ފެބުރުވަރީ 2019

17 ފެބުރުވަރީ 2019
ހޯދާ