ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޓެކްނީޝަން

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

01

އަސާސީ މުސާރަ:

-/7200ރ. ( ހަތްހާސް ދުއިސައްތަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

އޮޓޯމޮޓިވް އިންޖިނިއަރިންގ ނުވަތަ އެއްގަމު އުޅަނދުފަހަރު މެއިންޓަނަންސް އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުމާއިއެކު މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ދާއިރާގެ ތަޖުރިބާ ލިބިފައިވުން. 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޓިންކަރިންގ މަސައްކަތާއި، ވެހިކަލްގެ އިންޖީނު މަސައްކަތާއި، ވެހިކަލްގެ އެއަރކޯން އަދި ވެހިކަލް މެއިންޓަނަންސް މަސައްކަތްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

24 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 03 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

             

                        13 ޖުމާދަލްއާޚިރާ 1440

                        18 ފެބްރުވަރީ  2019              

18 ފެބުރުވަރީ 2019
ހޯދާ