ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
03 އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި އެކު 01 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމާއި ގުޅޭ:

ނަންބަރު:FNK-I/IUL/2019/038

 

 

އިޢުލާން

03 އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި އެކު 01 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމާއި ގުޅޭ:

 

      މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެއްމަސް ދުވަހުގެ މުއްދަތަކަށް 35 އެސް.ކޭގެ 02 އެކްސްކަވޭޓަރ، 60 އެސް.ކޭ ގެ 01 އެކްސްކަވޭޓަރ އޮޕަރޭޓަރުންނާއި އެކު ކުއްޔަށްހިފުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/023 (13 ފެބްރުއަރީ 2019) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

       މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،27 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

       އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

 12          ޖުމާދަލް އާޙިރާ 1440

          17 ފެބްރުއަރީ 2019

17 ފެބުރުވަރީ 2019
ހޯދާ