ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޓައިޕިސްޓް (ވަގުތީ)

ވަޒީފާގެ ފުރުޞަތު                                  

މަޤާމު:

ޓައިޕިސްޓް (ވަގުތީ)  

ބޭނުންވާ ޢަދަދު 1

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/55

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 1 އަހަރު ދުވަހަށް

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ  / ޗާންސެލަރ ބިއުރޯ

މަޤާމުގެ ޝަރްޠުތައް:

  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޗާންސެލަރ ބިއުރޯއިން އިންތިޒާމްކޮށް ބަލަހައްޓާ ބައްދަލުވުންތަކުގެ އޯޑިޔޯ ރިކޯޑިންތައް އަޑުއަހައިގެން ކަނޑައެޅޭ ދުވަހަށް ޔައުމިއްޔާ (ދިވެހިބަހުން) ލިޔެ ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޓައިޕިންގ ޓެސްޓް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  •  
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

 

  • 27 ފެބްރުވަރީ 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.

 

17 ފެބުރުވަރީ 2019
ހޯދާ