މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/2017 ގެ ބޭނުމަށް ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ކަނޑައެޅުން

ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) ގެ ބޭނުމަށްޓަކައި އެ ޤާނޫނުގެ ދަށުން ނެރުމަށް ކަނޑައަޅާފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ ރަޖިސްޓަރީކުރުމުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ވުމާހަމައަށް ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކުގެ ގޮތުގައި ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އިދާރާތަކެވެ. މި އިދާރާތަކުން އިސްވެދެންނެވުނު މަސައްކަތްތައް ކުރަންވާނީ އެފަރާތްތަކުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށްރަށާއި އަވަށް އަވަށާއި ތަންތަނުގައެވެ.

 ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

  1. ރަށު ކައުންސިލްތައް
  2. އަތޮޅު ކައުންސިލްތައް
  3. ސިޓީ ކައުންސިލްތައް
  4. ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގެ ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުމާއި ޢިމާރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ އޮތޯރިޓީތަކާއި ކޯޕަރޭޝަންތަކާއި އިދާރާތައް
  5. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

09 ޖުމާދަލް ޢާޚިރާ 1440 ހ. 

14 ފެބުރުވަރީ 2019
ހޯދާ