ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޓްރެކްޓް މުވައްޒަފަކު ހޯދުމަށް.

ޓިވެޓް އޮތޯރިޓީގެ ޓްރެއިނިންގ ޕްރޮގްރާމްތައް ކޯޑިނޭޓްކުރާނެ މުވައްޒަފަކު ބޭނުންވެއްޖެ.

   މަޤާމް:                       ކޯޑިނޭޓާރ

   ބޭނުންވާ އަދަދު:                01

   މަޤާމުގެ ގިންތި:                ވަގުތީ

   މަޤާމުގެ ރޭންކް:                ޖީ. އެސް 3

   މަޤާމުގެ ކްލެސިފިކޭޝަން :         އޮފިސަރ ގްރޭޑް 1

   ވަޒީފާ އަދާކުރަންޖެހޭ ތަން:         ޓިވެޓް އޮތޯރިޓީ

   މުސާރަ :                    4465.00 ރުފިޔާ

   ސާވިސް އެލެވަންސް:             1500.00 ރުފިޔާ

   މުއްދަތު:                     04 މަސްދުވަސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޓިވެޓް އޮތޯރިޓީގެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާ މޮނިޓަރކޮށް އަދި އިމްތިޙާންތަކާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.                                                                                               
  • ޓިވެޓް އޮތޯރިޓީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން.
  • ޓިވެޓް އޮތޯރިޓީގެ ކޮމްޕިޓެންސީ ސްޓޭންޑަޑް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޓިވެޓް އޮތޯރިޓީ އިން ކުރިޔައްގެންދާ ޚާއްސަ މަސައްކަތުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތު:                                               

1. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- މި މަޤާމަށް އެދި ހުށައަޅާ ފޯމް (މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓް  www.tvet.gov.mv ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ދެފުށުގެ ލިތުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ސިޓީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާ ހަމަޖެއްސުމަށް ބެލޭނެ އެހެނިހެން ކަންތައްތައް

ހ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ށ. ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށްވުން.

ނ. ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އޮފީހަށް ނުކުމެވޭ ފަރާތަކަށްވުން.

ރ. އޮފީހުގެ ރަސްމީ ގަޑީގައާއި އަދި ނުރަސްމީ ގަޑީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށްވުން.                         

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު.

ހ.މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 ފެބްރުއަރީ 2019 އާއި 28 ފެބްރުއަރީ 2019 އާ ދެމެދުގައި ޓިވެޓް އޮތޯރިޓީގައެވެ.  

ޝޯޓްލިސްޓް ކުރުން:

ހ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، ނައިންތް ފްލޯ، އެދުރުހިޔާ ބިލްޑިންގ، ފަޅުމަތީ ހިނގުމަށެވެ.

އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ. މި އޮތޯރިޓީގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 12.00ގެ ކުރިންނެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3341313 ފޯނަށް ގުޅުއްވުން އެދެމެވެ. 

13 ފެބުރުވަރީ 2019
ހޯދާ