އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސެލްފް އިންކް ސްޓޭމްޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  ނަންބަރ: A)DC-2019/042)

އިޢުލާނު

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސެލްފް އިންކް ސްޓޭމްޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1. އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސެލްފް އިންކް ސްޓޭމްޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2019/G-007

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސެލްފް އިންކް ސްޓޭމްޕް ސަޕްލައިކުރުން

 
2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ފެބްރުއަރީ 19 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
3. ބީލަން ހުޅުވުން އޮންނާނީ  2019ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

07 ޖުމާދަލްއާޚިރާ 1440

12 ފެބުރުވަރީ 2019
ހޯދާ