މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓަރ

                                         އިޢުލާން ނަންބަރ: ADMHR-MPL/2019/30

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އެސިސްޓެންޓް އޮޑިޓަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/7260 ރުފިޔާ ( ހަތްހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/3510 ރުފިޔާ ( ތިނަހާސް ފައްސަތޭކަ ދިހަ ރުފިޔާ)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އެކައުންޓިންގެ ދާއިރާއިން، އެމް.ކިއު.އޭ ގަބޫލު ކުރާ އިންސްޓިޓިއުޓްއެއްގައި ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ އޮޑިޓިންގ ގެ ދާއިރާގެ ކޮލިފިކޭޝަން އޮތުން
  • މަސައްކަތްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުމާއެކު ނުރަސްމީ ގަޑިތަކުގައާއި ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ޓީމެއްގެ ގޮތުގައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

އެހެނިހެން

  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  •  މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2019  ފެބްރުއަރީ 19ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް މީހަކު ނެގުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ މި އިއުލާން މުއްދަތު ހަމަވާތާ 05 ދުވަހާ 10 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައެވެ. 

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
12 ފެބުރުވަރީ 2019
ހޯދާ