ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރ

މި އިޢުލާންވަނީ 20 މާރިޗު 2019 10:12 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުސަތު 

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ. 

މަޤާމު:

ކެމްޕަސް މެނޭޖަރ

ބޭނުންވާ ޢަދަދު 2

އަސާސީ މުސާރަ:

މަހަކު 8.500.00 ރުފިޔާ

އޮފީސް:

1. އައި.ޔޫ.އެމް ލަރނިންގ ސެންޓަރ، ޏ. ފުވައްމުލަކު ސިޓީ ( ބޭނުންވާ ޢަދަދު 1)

2.  އައި.ޔޫ.އެމް ލަރނިންގ ސެންޓަރ، ލ. ފޮނަދޫ ( ބޭނުންވާ ޢަދަދު 1)

އެލަވަންސް:

1. ސާރވިސް އެލަވަންސް: މަހަކު 3150.00 ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ

3. ޕްރޮފެޝަނަލް އެލަވަންސް: މަހަކު 3400.00 ރުފިޔާ

4. ފޯން އެލަވަންސް: މަހަކު 250.00 ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް

 (M)

މަޤާމުގެ ޝަރްޠުތައް:

  1. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.

ނުވަތަ

  1. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.
  2. މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލަރނިންގ ސެންޓަރުގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން، ކުންފުންޏާއި ޔުނިވާސިޓީގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓްކޮށްގެން ފުރިހަމައަށް އިންތިޒާމްކޮށް، އެމަސައްކަތްތައް ކުރުން.
  • ސެންޓަރުގެ އިދާރީ ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ސެންޓަރުގެ ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުތައް ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުން.
  • ހަރުމުދަލުގެ އިންވެންޓްރީ އަދި ސްޓޮކް އަޕްޑޭޓްކޮށް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
  • ސެންޓަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކްޝަން ޕްލޭން ތައްޔާރުކޮށް އެކަންކަން ހާޞިލުކުރުމަށް މަސައްކަތްކުރުން.
  • މާލެއިން ސެންޓަރަށް ކިޔަވައިދިނުމަށް ވަޑައިގަންނަވާ ލެކްޗަރާރުންގެ އެތެރޭގެ ދަތުރުތައް ހަމަޖެއްސުމާއި، އެފަރާތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ޤަވައިދުގެ ތެރެއިން އިންތިޒާމްކުރުން.
  • ސެންޓަރުގައި ކިޔަވައިދެއްވާ ލެކްޗަރާރުންގެ އެޓެންޑެންސް އަދި މުސާރަ ޝީޓް ތައްޔާރުކޮށް ކުންފުނި އަދި ޔުނިވަރސިޓީގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ސެންޓަރުގެ އިމާރާތާއި، ކަރަންޓާއި ފެނުގެ ވިޔުގަ އަދި ބޭނުންކުރާ މެޝިނަރީ އިކުއިޕްމަންޓްތަކަށް ބޭނުންވާ މަރާމާތުތައް ބަލައި ދިމާވާ މައްސަލަތައް ލަސްނުކޮށް ހައްލުކުރުން.
  • ކިޔަވައިދިނުމަށް ކްލާސްރޫމްތައް ތައްޔާރުކޮށް ލެކްޗަރާރުންނަށް ފަހިކޮށްދިނުން.
  • ޔުނިވަރސިޓީ އާ ދޭތެރޭ މީހުންދެކޭގޮތް ރަނގަޅުކޮށް ޔުނިވަރސިޓީގެ ކޯސްތައް އިސްތިހާރުކުރުމަށް މަސައްކަތްކުރުން.
  • ކުންފުނިން އަދި ޔުނިވަރސިޓީން ލަރނިންގ ސެންޓަރަށް ފޮނުވާ ތަކެތި ލިބިގަނެ ރައްކާތެރިކޮށް ބެލެހެއްޓުން.
  • ސެންޓަރުގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
  • މާގާމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ނުވަތަ އެޕަރޭޝަންސް މެނޭޖަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް  19 ފެބްރުވަރީ 2019 ދުވަހުގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.
12 ފެބުރުވަރީ 2019
ހޯދާ