ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤާނޫނީ ލަފާދިނުމާއި މާލީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

 

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ބީލަމުގެ ފުރުޞަތުތަކެކެވެ.

 

މި ކުންފުންޏަށް ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި، އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކުންފުނިން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ކުންފުނީގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފަރމެއްގެ ޙިދުމަތް ހޯދަން ބޭނުންވެއެވެ.

މީގެ އިތުރުން، މިކުންފުނީގެ 2018 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތަށް ބޭނުންވަނީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމެކެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މި ދެމަސައްކަތް އެކުގައި ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2019
ހޯދާ