ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

ވަޒީފާގެ ފުރުސަތު                              

 ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 6،295.00 ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: މަހަކު 2،100.00 ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 80.00 ރުފިޔާ

3. ފޯން އެލަވަންސް: މަހަކު 200.00 ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް

 (SO)

މަޤާމުގެ ޝަރްޠުތައް:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.

ނުވަތަ

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 6/5 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.
  2. މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނި ހިންގުމަށް ބޭނުންވާ ތަކެއްޗާއި ވަޞީލަތްތައް ހޯދުމަށާއި އަދި މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އުޞޫލުތައް ޤާއިމުކުރުމާއި އަދި ޕްރޮކިއޯމެންޓްގެ މަސައްކަތްތައް މާލިއްޔަތާ ބެހޭ ގަވާއިދާއި އުޞޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން އަދި މިކަންކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
  • ކުންފުނީގެ މުދަލާއި ފައިސާ ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ކޮރަޕްޝަނަށް މަގުފަހި ނުވާނޭ ގޮތުގެ މަތީން ހިންގާ ބެލެހެއްޓުން.
  • ކުންފުނީގެ ބަޖެޓް ތައްޔާރުކުރުމުގައާއި ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޚަރަދުތައް ބެލެހެއްޓޭނެ ނިޒާމު ގާއިމު ކުރުމުގައި ފައިނޭންސް އެގްޒެކެޓިވް އަށް އެހީތެރިވުން އަދި ބަޖެޓް އެންމެ އެފިޝަންޓްކޮށް ބޭނުންކުރުމުގައި އެހީތެރިވެދިނުން.
  • ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއިން ނިންމަންޖެހޭ ރިޕޯޓްތައް ގަވާއިދުގެ މަތީން ނިންމާ ޗެކްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ހަރު މުދަލާއި އިންވެންޓްރީގެ ކަންތައް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
  • ޕާރޗޭސް އޯރޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު، އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސް ނުވަތަ ފޮނުވުމަށްފަހު މުދާ ގެނައުން.
  • ދުވަހުންދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި،  ނުލިބޭ މުދާ ލިބޭނެ މުއްދަތެއް ކަނޑައަޅައި ނިންމުމަށް މަސައްކަތް ކުރުން.
  • އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ލަރނިންގ ސެންޓަރުތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ފޮނުވަންޖެހޭ މީހުންނާއި ތަކެތި ފޮނުވުން.
  • ކުންފުނިން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދައްކަމުން ގެންދޭތޯ ބަލައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސައްކަތް ކުރުވުން.
  • އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން.
  • ޑިޕާރޓްމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒް ކުރުން. އަދި ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން. 

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް  18 ފެބްރުއަރީ 2019 ދުވަހުގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

11 ފެބުރުވަރީ 2019
ހޯދާ