ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އޮޕަރޭޝަންސް މެނޭޖަރ

ވަޒީފާގެ ފުރުސަތު                          

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

މަޤާމު:

އޮޕަރޭޝަންސް މެނޭޖަރ

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 8.500.00 ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: މަހަކު 3150.00 ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ

3. ޕްރޮފެޝަނަލް އެލަވަންސް: މަހަކު 3,400.00 ރުފިޔާ

4. ފޯން އެލަވަންސް: މަހަކު 250.00 ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް

 (M)

މަޤާމުގެ ޝަރްޠުތައް:

  1. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.

ނުވަތަ

  1. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.
  2. މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނިން ހިންގާ ވިޔަފާރިތަކާއި، ޕްރޮގްރާމްތަކާއި، ޕްރޮޖެކްޓްތައް އަދި ލަރނިންގ ސެންޓަރުތަކުގެ ކޯޑިނޭޝަން އަދި އޮޕަރޭޝަންސްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ފައިނޭންސް އެގްޒެކެޓިވްއަށް އެހީތެރިވުން.
  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުންފުނީގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އެކަންކަން ހާޞިލުކުރުމަށް މަސައްކަތްކުރުން.
  • އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ލަރނިންގ ސެންޓަރުތައް ހިންގައި ކުރިއެރުވުމަށް ބޭނުންވާ އެންމެހާ ކަންކަން އައި.ޔޫ.އެމް އާއި ގުޅިގެން އިންތިޒާމްކޮށް ބެލެހެއްޓުން.
  • އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ލަރނިންގ ސެންޓަރުތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ފޮނުވަންޖެހޭ މީހުންނާއި ތަކެތި ފޮނުވުން.
  • ކުންފުނިން ހިންގާ ޓްރެއިނިންގ ޕްރޮގުރާމުތަކާއި، ސެމިނަރ، ކޮންފަރެންސް އަދި އިވެންޓްތައް ރާވާ ހިންގުން.
  • ކުންފުނީގެ އޮޕަރޭޝަންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިނގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
  • މާގާމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް  18 ފެބްރުވަރީ 2019 ދުވަހުގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.

 

11 ފެބުރުވަރީ 2019
ހޯދާ