މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޤައުމީ ޗެސް މުބާރާތް 2018

MCA/IUL/003/2019

އިޢުލާން

2018 ވަނަ އަހަރުގެ ގައުމީ ޗެސް މުބާރާތާއި ބެހޭގޮތުން މި އެސޯސިއޭޝަން އިން 28 ނޮވެންބަރު 2018 ގައި ކުރި އިޢުލާން ނަންބަރު MCA/IUL/006/2018 އާއި، 23 ޑިސެންބަރު 2018 ވަނަދުވަހު ކުރި އިޢުލާނު ނަންބަރު MCA/IUL/007/2018 އާއި ޙަވާލާދީ ދަންނަވަމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ އިޢުލާން ތަކުގައި ބަޔާންކޮށްފައިވާ 2018 ވަނަ އަހަރުގެ ގައުމީ ޗެސް މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަކީ: 18، 19 އަދި 20 ފެބްރުއަރީ 2019 އެވެ.

ތިރީގައިވާ އުސޫލުތަކާއި، ގަވާއިދުތަކާއި، ތާވަލާއި އެއްގޮތަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލަމެވެ.

  • މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ 28 ނޮވެމްބަރ 2018 ގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ކްލަބްތަކަށް އެކަންޏެވެ. އިންޑިވިޖުއަލް ކެޓެގަރީއެއް ނޯންނާނެއެވެ.
  • މަތީގައި ބަޔާންކުރެވިފައިވާ މުބާރާތަކީ  23ޑިސެމްބަރ 2018 ގައި ބޭއްވުމަށް ކަނޑައެޅި އަދި ފަހުން ތާރީޚެއް ނެތް ގޮތަށް ލަސްކުރެވިފައިވާތީވެ ބައިވެރިވެފައިވާ ޓިމްތަކަށް އަލުން ކުޅުންތެރިން ލިސްޓަށް އިތުރުކުރުމަށް ހުޅުވާލާ ފުރުސަތެކެވެ.
  • ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 14 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
  • ކުލަބުތައް މިހާރު ރަޖިސްޓަރި ވެފައި އޮތުމުން އިތުރު ކުލަބަކަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެއެވެ.
  • މި މުބާރާތަކީ ރެޕިޑް މުބާރާތެކެވެ. ޓައިމް ކޮންޓްރޯލް އަކީ 15 މިނެޓް އަދި އިންކްރިމެންޓަލް 10 ސިކުންތު ކަމުގައި ދަންނަވަމެވެ.
  • މި މުބާރާތުގެ ޤަވާއިދު މި އިއުލާނާއެކު މި ވަނީއެވެ.
  • ޓެކްނިކަލް މީޓިން އޮންނާނީ 17 ފެބްރުއަރީ 2019 ގެ 16:00 ގައި މި އެސޯސިއޭޝަންގެ މައި އޮފީހުގައެވެ. މުބާރާތް ބޭއްވޭނެ ތަނާއި ގަޑި ޓެކްނިކަލް މީޓިންގައި އެންގޭނެއެވެ.

 

 

އިތުރު މައުލޫމާތު ހޯއްދެވުމައްޓަކައި 7310073  އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

11 ފެބްރުއަރީ 2019

11 ފެބުރުވަރީ 2019
ހޯދާ