ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ވިޔަފާރިބިން ކުއްޔަށް ދޫކުރުން

ބަނދަރު ސަރަހައްދުން ވިޔަފާރިބިން ކުއްޔަށް ދޫކުރުން

އެކިއެކި ވިޔަފާރިތައްކުރުމަށް، މިރަށު ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓްގެ ('30×'50) 12 ބިން (ކެމިކަލް ވިޔަފާރީއަށް 6 ބިން އަދި ކާބޯތަކެތީގެ ވިޔަފާރިއަށް 6 ބިން) ކުއްޔަށް ހިފާނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ބިމެއް ވަކިވަކިން 10 އަހަރުގެ މުއްދަތަށެވެ.

ވީމާ، މި ބިންތައް ކުއްޔަށްހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 ފެބުރުވަރީ 24 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިބިން ކުއްޔަށްހިފުމަށް ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

6 ޖުމާދަލްއާޚިރާ 1440

11 ފެބުރުވަރީ 2019

11 ފެބުރުވަރީ 2019
ހޯދާ