ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ރެޑީމޭޑް ޕާޓިޝަން ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު 

މި އޮފީހަށް ބޭނުންވާ ރެޑީމޭޑް ޕާޓިޝަން ވިއްކާނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބޭނުމަށް ރެޑީމޭޑް ޕާޓިޝަން ގެނެސްދޭނެ ފަރާތެއް ހޯދުމަށް 31 ޖަނަވަރީ 2019 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2019/7) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް 3 ފަރާތުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި އޮފީހަށް ޕާޓިޝަން ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ފެބުރުވަރީ 13 ވާ ބުދަ ދުވަހުގެ 11:30 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

5  ޖުމާދަލްއާޚިރާ 1440

10 ފެބުރުވަރީ 2019
ހޯދާ