މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ އާއި އިނާޔަތްތައް

-/10،125 ރުފިޔާ އާއި -/12،500 ރުފިޔާއާ ދެމެދު

އިތުރު ޢިނާޔަތް:

 ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލެއްގެ މަތީން ކޯޕަރޭޝަންގެ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު   ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ވަޒީފާއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި އެކައުންޓިންގ/ފައިނޭންސް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ އުޞޫލުތަކާއި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް ބޭންކުތަކުން މަހުން މަހަށް ހޯދައި، ސްޓޭޓްމަންޓް ތަކާއި އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
  • ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް  ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި، ބޭނުންވެއްޖެ ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  • މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތް ތަކުގައި، އެކަށޭނެ ވަގުތުގައި ޙިއްޞާކުރުން.
  • ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލާ އިންވެސްޓްމަންޓް އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލި ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން admin@mhcl.mv އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

06 ފެބުރުވަރީ 2019
ހޯދާ