އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް 2019 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުން

ނަންބަރ: A)DC-2019/040)

އިޢުލާނު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް 2019 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން

1. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް 2019 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2019/W-008

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް 2019 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުން

-/3,500 ރުފިޔާ

 
2. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
3. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ފެބްރުއަރީ 16 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
4. ބީލަން ހުޅުވުން އޮންނާނީ  2019 ފެބުރުއަރީ 17 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

02 ޖުމާދަލްއާޚިރާ 1440

07 ފެބުރުވަރީ 2019
ހޯދާ