ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މުގުރާއި މެޑެލި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

މުގުރާއި މެޑެލި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުގެ ނަންބަރު 198-F/2019/15 ޢިއުލާނާ ގުޅިގެން މުގުރާއި މެޑެލި ތައްޔާރުކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ޤަޟާއީ އަހަރު 2019 އިފްތިތާޙް ކުރުމަށްޓަކައި 2019 ފެބްރުވަރީ 18 ވާ ހޯމަދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ތަކްރީމް ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ޝަރަފުގެ މުގުރާއި މެޑެލި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 09 ވާ ހޮނިހިރު ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 10 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02  ޖުމާދަލްއާޚިރް  1440

07 ފެބުރުވަރީ 2019
ހޯދާ