ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އުތުރު ބަނދަރުގައި ހުންނަ މި ކުންފުނީގެ ގުދަން ކުއްޔަށް ދޫކުރުމާއި ބެހޭ

އިޢުލާން

އުތުރު ބަނދަރުގައި ހުންނަ މިކުންފުނީގެ ގުދަން ކުއްޔަށް ދޫކުރުމާއިބެހޭ

   އުތުރު ބަނދަރުގައި ހުންނަ މިކުންފުނީގެ ގުދަން 07 އަހަރު ދުވަހުގެ މުއްދަތައް ކުއްޔައް ދިނުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީ  2019 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި ، ލޯކަލްއިންވެސްޓްމަންޓް، ކުލަބު ޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އަދި އަމިއްލަ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

  • އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި

- ކުޅުދުއްފުށީ އުތުރު ބަނދަރުގައި ހުންނަ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ގުދަން ކުއްޔައް ހިފުމަށް އެދި.

- އިޢުލާން ނަންބަރ : IL-KPL/2019/001

  •  ބިޑް ހުޅުވުން

-  ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

05 ފެބްރުއަރީ 2019

05 ފެބުރުވަރީ 2019
ހޯދާ