ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ހާފިޒު އަހުމަދު ސްކޫލް                                                                     

 ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ                                                                                                                 

                       

 ނަންބަރ: IUL)GS-74/GS-74/2019/5)

އިޢުލާން

 

މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

2019 ވަނަ އަހަރު މި ސްކޫލުގެ ކިޔެވުން ފެށެންވާއިރަށް ކުރަން ހަމަޖެހިފައިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރ IUL)GS74/GS74/2019/4) އިއުލާނާއި ގުޅިގެން ހުށަހެޅުނު ބީލަންތަކުގެ އަގުތައް މާބޮޑުކަމަށް ފެންނާތީ، އެ ބީލަންތައް ބާޠިލްކޮށް އަނެއްކާވެސް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

 

މައުލޫމާތު ސާފު ކުރުން

12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 10:30

އެސްޓިމޭޓް ހުށަހެޅުން

14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30

މައުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހެޅުއްވުމަށް ކަޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުސަތު ލިބިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 04 ފެބްރުއަރީ 2019   

04 ފެބުރުވަރީ 2019
ހޯދާ