އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓު

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓު

އދ. ދިއްދޫ

ދިވެހިރާއްޖެ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު:

I9C/2019/1

ތާރީޚް:

3 ފެބުރުވަރީ 2019

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭތަން:

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ:

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

މިމަޤާމަށްލިބޭ އެލަވަންސް:

  1. ސަރވިސް އެލަވަންސް: -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)،
  2. ލިވިންގ އެލަވަންސް: /-2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)،
  3. ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 އަދި
  4. ކަނޑައެޅިފައިވަ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުތު:

  1. މަޤާމްގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑުމަސްއޫލިއްޔަތު:

  1. ހަމަޖެހިފައިވާ ޢުޞޫލުން ކޯޓު ހުޅުވައި ލެއްޕުން.
  2. އެންޓްރީ ކުރުމާއި، ޔައުމިއްޔާ ލިޔުމާއި، އިދާރީ ކަންކަމާގުޅޭގޮތުންނާއި ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން ކޯޓުތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ލިޔެ ފޮނުވުމާއި، ކޯޓަށްލިބޭ އިލެކްޓްރޯނިކް މެއިލްތައް ބަލައިގަތުމާއި، ކޯޓަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.   
  3. މުވައްޒަފުންނާއި ވެރިންގެ ޙާޟިރީއާއި، ޗުއްޓީއާގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާއާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  4. ކޯޓަށް ލިބޭ ފައިސާއާއި ކުރާ ޚަރަދުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފައިސާ އާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތިޖޫރީ ބެލެހެއްޓުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން.
  5. ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކޯޓަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކޯޓުގެ ތަފާސްހިސާބާގުޅޭގޮތުން ހަދަންޖެހޭ ހަފްތާ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  7. ތާވަލުކުރެވޭ ޝަރީޢަތްތަކުގެ އަމުރުތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ކޯޓްއަމުރު ބަހާމުވައްޒަފާއި އަމުރު ޙަވާލުކޮށް، އަމުރު ރައްދުކުރުން ކުރިއަށްދާގޮތް ބެލެހެއްޓުން.
  8. ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އެންމެހައި އިންތިޒާމްތައް މެޖިސްޓްރޭޓުގެ އިރުޝާދާއެކު ކުރުމާއި، ޝަރީޢަތަށް ހާޒިރުވާމީހުން ޢަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދިނުމާއި، ޝަރީޢަތުގެ މަޖިލީހުގައި ކަންތައްތައް ދިމާވާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓުންގެ އިރުޝާދާއެކު އެޅުން.
  9. އެކިއެކި ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވާ ފަރާތްތަކުން ހޯދަން އެދޭ މަޢުލޫމާތު ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމް،
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ (އަޞްލާއެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީވަކީލެއްގެއޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

11 ފެބުރުވަރީ 2019 ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭފޯމު އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6680833
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް.

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއް ދެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • މައިކްރޯސްފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 28 ޖުމާދަލްއޫލާ 1440

03 ފެބުރުވަރީ 2019
ހޯދާ