މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މާކެޓިންގ އެގްޒެކެޓިވް

 

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                      އިޢުލާން ނަންބަރު: IUL)MMPRC-HAS/1/2019/4) 

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އެސިސްޓެންޓް މާކެޓިންގ އެގްޒެކެޓިވް

މުސާރަ (މަހަކު) : -/5,100 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/3،400  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

 ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި ބަސް ހިމެނޭގޮތަށް) ފާސްވެފައިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތް ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓްތައް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާރކެޓިންގ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  2. މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކޮށް، ރިޕޯރޓްތައް ތައްޔާރުކުރުން.
  3. ޙަވާލުކުރެވޭ މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާއި، މީޑިއާ ހިމެނޭ ގޮތަށް ޑޭޓާބޭސް ބެލެހެއްޓުން.
  4. މީޑިއާގައި ރާއްޖެއާބެހޭ އެދެވޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަށްޓަކައި އެއިރެއްގައި ހިނގަމުންދާ ނުވަތަ އެންމެ ޝައުގުވެރިކުރުވާ ފަދަ ޓޮޕިކްތަކާ ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދާ، ސުޕަވައިޒަރާއި ހިއްސާކޮށް އިނގިރޭސި އަދި ދިވެހި ބަހުން މީޑިއާ ރިލީޒް ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާއި ކަމާގުޅޭ މާކެޓްތަކުގައި ސާކިއުލޭޓް ކުރުން. އަދި ބޭރުދުނިޔޭގައި ރާއްޖެއަށްލިބޭ ޕޮޒިޓިވް ޕަބްލިސިޓީ އިތުރުކުރުމުގެ ގޮތްތަކާއިބެހޭ ކްރިއޭޓިވް އައިޑިއާތައް ދިނުން.
  5. ޙަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް ރިޕޯރޓްތައް ތައްޔާރުކުރުން.
  6. ޙަވާލުކުރެވޭ މާރކެޓްތަކުގައި އިޝްތިހާރު ކުރުމާއިގުޅޭ އެންމެހާ މަސައްކަތާއި އަދި އެހެނިހެން ކަންތައްތައް ޕީ.އާރް ގެ ލަފާ ހޯދާ، ސުޕަވައިޒަރގެ ލަފާގެ މަތިން ކުންފުންޏާއި ގުޅިގެން ކުރަމުން ގެންދިއުން.
  7. ޙަވާލުކުރެވޭ ޕީ.އާރު ފާމުތަކުން ކުރާ މަސައްކަތްތައް އެފަރާތްތަކާއި ހެދިފައިވާ ކޮންޓްރެކްޓް ތަކުގައިވާ ގޮތުގެމަތިން ކުރިއަށްގެންދޭތޯ ބެލުމާއި، ކޮންމެމަހަކު އެފަރާތުން ފޮނުވާ ރިޕޯރޓްތައް ޗެކްކޮށް މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންތައްތަކަށް އަމަލުކުރުމާއި ޕީ.އާރުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕަވައިރަށް އެންގުން.
  8. ޙަވާލުކުރެވޭ  މާރކެޓްތަކުގެ މަޖައްލާތަކުގައި ޖަހާ އިޝްތިހާރުތަކުގެ މަސައްކަތްތައް އަޕްޓޭޑް ކޮށް ބެލެހެއްޓުން.
  9. މާރކެޓްތަކުގެ މާރކެޓް ރިޕޯރޓްތައް ތަޔާރުކޮށް ދިރާސާކުރުމުގައި މާރކެޓިންގ ޓިމަށް އެހީތެރިވުން.
  10. މާރކެޓިންގ ޓީމުގައި ހިމެނޭ މާރކެޓް ތަކުގައި ހިންގާ އެންމެހާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މަސައްކަތް ތަކަށް އެހީތެރިވެ ޑެޑްލައިންތަކަށް ނިންމުން.
  11. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  10 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 1200ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

އިތުރު މަޢްލޫމާތު:

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

                                   3 ފެބްރުއަރީ 2019

 

 

03 ފެބުރުވަރީ 2019
ހޯދާ