މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޮމިއުނިޓީ އެމްޕަވަރމަންޓް ކޮންސަލްޓެންޓް

އިޢުލާން

މި މިނިސްޓްރީއަށް ކޮންސަލްޓަންޓެއްގެ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު:  ކޮމިއުނިޓީ އެމްޕަވަރމަންޓް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:  1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް     

ސެކްޝަން:  ކޮމިއުނިޓީ އެމްޕަވަރމަންޓް ޑިޕާޓްމަންޓް

މުސާރަ: މަހަކު:  25000.00        

މަސައްކަތުގެ މުއްދަތު:  1 އަހަރު (މީލާދީ)

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު މަދުވެގެން 8 ގަޑިއިރު (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރި ނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

މަޤާމުގެ ވާޖިބުތައް އިސްކަންދޭ ތަރުތީބުން:

ޝަރުތު

  1. ސޯޝަލް ސައިންސް ނުވަތަ ހިއުމަން ސައިންސަސް ނުވަތަ ހިއުމެނިޓީސް ރިސާރޗްގެ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ މާސްޓަރސް ( ލެވެލް 9 ) އާއި ފުރަތަމަ ޑިގްރީ ( ލެވެލް 7 ) ހާސިލް ކޮށްފައިވުމާއެކު މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. މުޖުތަމަޢު ބާރުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާއިއެކު މިދާއިރާގައި މީހުން ބިނާކުރުމަށް ޢަމަލީ މަސައްކަތުގައި (ކިޔަވައިދިނުމުގައި) މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކިޔަވައިދިނުމުގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

މީގެ އިތުރުން ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނޭ ކަންތައްތައް

  1. މުޖުތަމަޢު ބާރުވެރިކުރުމާއި ގުޅުންހުރި ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތް (އެން.ޖީ.އޯ.) ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  2. ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް މުޖުތަމަޢު ބާރުވެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ރާވާ ޢަމަލީ ގޮތުން ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  3. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާ އާއި ގުޅުންހުރި ޕްރޮގްރާމްތައް ރާވާ، ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  4. ރިސަރޗް މަސައްކަތް ރޭވުމާއި، ރިސަރޗް ހެދުމުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ

  1. ސަރުކާރުގެ ކޮމިއުނިޓީ އެމްޕަވަރމަންޓް (މުޖުތަމަޢު ބާރުވެރިކުރުމުގެ) މެނިފެސްޓޯ ތަންފީޒުކުރުމުގައި މިނިސްޓަރަށް ބޭނުންވާ ލަފަޔާ އިރުޝާދުދީ އެޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  2. މުޖުތަމަޢު ބާރުވެރިކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ބޭނުންފުޅުވެއްޖެ ހިނދެއްގައި އެ ބޭނުންފުޅުވާ ކަމަކާގުޅޭގޮތުން ޓެކްނިކަލް ލަފަޔާއި އިރުޝާދުދިނުން.
  3. މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިން މިނިސްޓްރީން ހިންގާ ޕްރޮގްރާމްތައް ފަރުމާކުރުމުގައާއި ހިންގުމުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ދިނުން.
  4. މުޖުތަމަޢު ބާރުވެރިކުރުން ކުރިއެރުވުމަށްޓަކައި އެ ދާއިރާއިން މިނިސްޓްރީއަށް ބޭނުންވާ ތަފާތު ރިސާރޗްތައް ހެދުން.
  5. ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެން.ޖީ.އޯ. ތަކުގެ ހިންގުން ހަރުދަނާކޮށް އެން.ޖީ.އޯ ތަކުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އެ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. ބާރުވެރި މުޖުތަމައެއް ބިނާކުރުމަށް މިނިސްޓްރީގެފަރާތުން ހިންގާ ޕްރޮގްރާމް ތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ބޭރުގެ ޤައުމުތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މުޖުތަމަޢު ބާރުވެރިކުރުމުގެ ޙަރަކާތްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.
  8. ހިލޭ ސާބަހަށް މަސައްކަތްކުރާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތައް ކުރިއެރުވޭނޭ ގޮތްތަކާއި ހިތްވަރުދެވޭނޭ ގޮތްތައް ހޯދާ ބަލާ، އެހީތެރިވެދިނުން. އަދި އެފަދަ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކޮށް ތަރައްޤީކޮށް، ކުރިއެރުވުމަށް އެހީތެރިވެދިނުން.
  9. ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ޙަރަކާތްތަކަށް ރައްޔިތުން ޝައުޤުވެރިކުރުވުމާއި، ޖަމާޢަތްތަކުގެ ޙަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.
  10. ސަރުކާރުގެ އިދާރާތަކާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާއި، ޕްރައިވެޓް ސެކްޓަރު ގެ ގުޅުން  ޤާއިމްކޮށް، ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  11. އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ޤައުމީ ފޯރަމެއް ޤާއިމް ކުރުން.
  12. މުޖުތަމަޢުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ޢާންމުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ރާވާ ހިންގުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް"
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
  3. ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތް ކަން އަންގައިދިނުމުގެ ގޮތުން ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުން ހުށަހަޅުއްވާ ސިޓީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމީ ސެޓްފިކެޓް
  2. މުޖުތަމަޢު ބާރުވެރިކުރުމާއި ގުޅުންހުރި ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތް (އެން.ޖީ.އޯ.) ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  3. ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް މުޖުތަމަޢު ބާރުވެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ރާވާ ޢަމަލީ ގޮތުން ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.
  4. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މުޖްތަމަޢު ބާރުވެރިކުރުމުގެ ދާއިރާ އާއި ގުޅުންހުރި ޕްރޮގްރާމްތައް ރާވާ، ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.
  5. ކިޔަވައިދިނުމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިފައިވުމާއިއެކު މީހުން ތަމްރީން ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  6. ރިސަރޗް މަސައްކަތް ރޭވުމާއި، ރިސަރޗް ހެދުމުގެ ތަޖުރިބާ ލިބިފައިވުން.
  7. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  8. ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުން ތެރިކަމުގެ ހުނަރު ހުރުން.
  9. އިންޓަރވިއު ކޮށްގެން

 

ކޮންސަލްޓެންޓް އައްޔަން ކުރުމުގައި މާރކްސް ދޭނެ ކްރައިޓީރިއަރ.

ތަޢުލީމާއި ތަމްރީން              %50

މަސައްކަތުގެ ތަޖުރިބާ             %30

އިންޓަރވިއު                  %20

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯރމް، ސިޓީ އަދި ލިޔުންތައް ހުށަހަޅާނީ 12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، މި މިނިސްޓްރީގެ(މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވެލާނާ ބިލްޑިން 3 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ. މި މުއްދަތުގެފަހުން މި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަރވިއުއަށް ދެންނެވުން.

ވަޒީފާއަށް އެދި ގިނަފަރާތް ތަކަކުން ހުށަހަޅައިފިނަމަ ޝޯރޓްލިސްޓްކޮށް، ގިނަވެގެން 7 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ދެންނެވޭނެއެވެ. އިންޓަރވިއުއަށް ދަންނަވައި އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 3347312 ނަންބަރު ފޯނަށް ނުވަތަ 3347300 ނަންބަރު ފޯނަށެވެ.

 28 ޖުމާދަލްއޫލާ 1440

03 ފެބުރުވަރީ 2019
ހޯދާ