ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފައިނޭންސް އޮފިސަރ" ގެ ވަޒީފާއާއި ގުޅޭ

`

 ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާ

ތ.ތިމަރަފުށި/ދިވެހިރާއްޖެ

                                                              ނަންބަރު: IUL)391-FI/391/2019/5)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ނަމްބަރ: (21/1/2019)391-FI/391/2019/3ގެ އިޢުލާނު ފުރިހަމަވެފައި ނުވުމާއެކު އެއިޢުލާނު ބާތިލުކޮށް މިއިޢުލާނު ކުރީމެވެ.

 

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރ:

J-281605

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ޓެކްނިކަލް ސާވިސް

މަޤާމުގެ ރޭންކް:

އެމް އެސް.1

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭތަން:

ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާ / ތ.ތިމަރަފުށި

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯޓިންގކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

- ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  

- ރަމްޟާންމަހުގެ އިނާޔަތު ފައިސާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

  1. ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓަށްބޭނުންވާ މަޢުލޫމާތު ދުރާލާ ހޯދުން 
  2. . ބަޖެޓް ކޮންޓްރޯލް ކުރުމާއި ބަޖެޓް ބާކީބެލެހެއްޓުމާއި ވޮއުޗަރ ރަޖިސްޓްރީއާއި ޗެކްރެޖިސްޓްރީ ލިޔެ ބެލެހެއްޓުން
  3. ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާގެ ރެޖިސްޓްރީ ބެލެހެއްޓުމާއި އަދި ފައިސާ ދައްކާ ތަންތަނާއި ނުދައްކާތަންތަނުގެ ރިޕޯޓް މަހަކު އެއްފަހަރު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން
  4. ކައުންސިލަށް ދުވަހުން ދުވަހަށް ލިބޭފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބު ބެލެހެއްޓުން
  5. ކައުންސިލްގެ އިދާރާއަށާއި ރައްޔިތުންގެ ތަންތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން (ޕާޗޭސް)

 

މަޤާމްގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 5 ނުވަތަ6  ގެސަނަދެއް ހާސިލްކޮށްފައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

 

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

65

35

 

40

 

 

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

 

އިމްތިހާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން

12

5

5

 

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

 

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

40

40

 

ޖުމްލަ

 

230

100

100

             
  • މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: info@thimarafushi.gov.mv އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/ޕްރެސެނޓޭޝަން އޮންނާނީ 24 ފެބުރުއަރީ 2019 އާއި 28 ފެބުރުއަރީ 2019 އާއި ދެމެދު ތ.ތިމަރަފުށީ ކައުންސިލް އިދާރާގައި ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ޝަރުތުފުރިހަމަވާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6780702 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ info@thimarafushi.gov.mv އަށެވެ.

                 

ވީމާ، މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                            25 ޖުމާދުލްއޫލާ 1440

                            31  ޖަނަވަރީ 2019

 

                                                            އިސްމާޢީލް އިބްރާރީމް

                                                            ކައުންސިލްގެ ރައީސް

31 ޖަނަވަރީ 2019
ހޯދާ