މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިމާމް

 

އިޢުލާނު

 

މ މިކޯޕަރޭޝަންގެ ފަރާތުން 22 ޖަނަވަރީ 2019 ގައި ކޮށްފައިވާ ނަންބަރު IUL)MHCL-HRM/1/2019/7) އިޢުލާނުގައިވާ މަޤާމަށް އެކަށީގެންވާ ޢަދަދެއްގެ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އިމާމް(ފިރިހެން)

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާ އެއްގޮތަށް ޢުމްރާވެރިންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޢުމްރާގެ އަޅުކަމާ ގުޅޭ އެންމެހާ ކަންކަމުގައި އިސްދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް admin@mhcl.mv އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

30 ޖަނަވަރީ 2019

30 ޖަނަވަރީ 2019
ހޯދާ