މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މިސްޓަރ މޯލްޑިވްސް 2019

 

އިޢުލާން

މިސްޓަރ މޯލްޑިވްސް 2019

 

   މިއެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައި ނެޝަނަލް ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2019" 26 އޭޕްރީލް 2019 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ޢާންމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

   ވީމާ، ނެޝަނަލް ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2019" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފައެވެ.

  • މުބާރާތުގައި ބައިވެރި ވެވިދާނެ ގޮތްތައް:

  1- އަމިއްލަ ފަރުދެއްގެ ގޮތުން.

  2- ޖިމް އެއްގެ ފަރާތުން.

  3- ރާއްޖޭގެ ރިސޯޓްއެއްގެ ފަރާތުން.

  މުބާރާތުގެ ރަޖިސްޓްރޭޝަން 15 ޖަނަވަރީ 2019 (އަންގާރަ) ދުވަހުން ފެށިގެން ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 1 އޭޕްރީލް 2019 ވާ (ހޯމަ) ދުވަހުގެ 14:00 އެވެ.

 މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7777207 މޯބައިލް އާއި ގުޅުވުން އެދެމެވެ.

 22 ޖުމާދަލްއޫލާ 1440

28 ޖަނަވަރީ 2019
ހޯދާ