ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ (އެމް.އެސް.1) މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

މަގާމް:

ކޮމްޕިއުޓަރ ޕްރޮގްރާމަރ              

މަޤާމުގެ ނަންބަރު:

J-235307

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ (އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް)

މުސާރަ

މަހަކު -/5,610ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000ރުފިޔާ

އެހެނިހެން އެލަވެންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެން.ޑީ.އޭ.އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ ކޮމްޕިއުޓަރުތައް ސާރވިސްކޮށް ބެލެހެއްޓުމާއި ސިސްޓަމްތައް އެއްތަނުން އަނެއް ތަނަށް ބަދަލުކޮށް ސެޓްއަޕްކުރުމުގެ މަސައްކަތްކުރުން.
  2. އެން.ޑީ.އޭ.އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނަށް ބޭނުންވާ އައިޓީ ސަޕޯޓް ދިނުން.
  3. އެން.ސީ.އައި.ޓީއާއި ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން.
  4. އެން.ޑީ.އޭ. އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ އިންޓަރނެޓް ބަލަހައްޓާ ބޭނުންވާ އަޕްގްރޭޑްތައް ގެނައުން.
  5. އެން.ޑީ.އޭ.އިން ހިންގާ ޓްރޭނިންގ ތަކުގައި އައި.ޓީ ގެ ފަންނީ އެހީ ދިނުން.
  6. ޕްރޮކިއުމަންޓަށް ބޭނުންވާ އައި.ޓީ.އާއި ގުޅުންހުރި ތަކެތި ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާއިބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  7. އެން.ޑީ.އޭ. އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ ކޮމްޕިއުޓަރތަކަށާއި ނެޓްވޯރކްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމަށް އައި ޓީ ހެލްޕް ޑެސްކުގެ ޚިދުމަތް ދިނުން.
  8. މިއެޖެންސީގެ ދަށުން އަތޮޅުތަކުގައި ހިނގަމުންދާ ސެންޓަރުތަކުގެ އައި.ޓީގެ މައްސަލަތައް   ހައްލުކުރުމަށް އެސެންޓަރުތަކަށް ދިއުން.  
  9. ކޮރަލް ޑްރޯ، ފޮޓޯ ޝޮޕް، ސަރވަރ ސައިޑް މަސައްކަތް އަދި މިނޫންވެސް ގްރެފިކްސްގެ މަސައްކަތް ކުރުމަށް ބޭނުންވާ ސޮފްޓްވެއަރތަކުގެ މަސައްކަތްތައް ކުރުން.
  10. އޮފީހަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތެއް ކުރަންޖެހިއްޖެ ޙާލަތެއްގައި އެމަސައްކަތް ކުރުން.
  11. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
  12. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

 

މަޤާމުގެ ޝަރުތުތައް:

  1. ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކޮށް ކޯސް ފުރިހަމަ ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއު ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ

9. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:           

 

 

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.

3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ.

4. އިންޓަވިއުގެ މާކްސް.

5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

6. މަގާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވުން.

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ފެބްރުވަރީ 2019 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ފެބްރުވަރީ 07 އާއި 2019 ފެބްރުވަރީ 20 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

21 ޖުމާދުލްއޫލާ 1440

                                              27  ޖަނަވަރީ 2019

                     

 

 

                     

27 ޖަނަވަރީ 2019
ހޯދާ