މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫގައި އިތުރަށް އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓް މަސައްކަތުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުން

                                 ނަންބަރު: IUL)321/321/2019/19  

އިޢުލާން

 

2019 ވަނަ އަހަރު ސަރުކާރުން ފަށާ މަޝްރޫޢުތަކުގެ ތެރެއިން ތުޅާދޫގައި އިތުރަށް އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓް މަސައްކަތުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިވަނީ  ފްލެޓް ޢިމާރާތްތަކެއްގެ ގޮތުގައެވެ. މިގޮތުން ޢިމާރާތްތައް ބެހިފައިވަނީ 03 ބުރީގެ 03 ބްލޮކް (24 ޔުނިޓްގެ 03 ބްލޮކް) އަދި 04 ބުރީގެ 01 ބްލޮކް (28 ޔުނިޓްގެ ބްލޮކެއް) ގޮތުގައި ކޮންމެ ބުރިއެއްގައި 08 ހައުސިންގ ޔުނިޓް ހިމެނޭގޮތަށެވެ. މި އުޞޫލުން، 100 ހައުސިންގ ޔުނިޓް ކުރިޔަށް ގެންދިއުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިދެންނެވި، 100 ހައުސިންގ ޔުނިޓް އެޅުމަށް ހިޔާލު ދެއްވުމަށް އެދޭ ފަރާތްތަކުން މިއަދު ފެށިގެން 2018 ފެބްރުއަރީ 03 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ހިޔާލު ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިއިދާރާގެ ވެބްސައިޓް www.thulhaadhoo.gov.mv ން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށްވެސް ފޯމް ބަލައިގަންނާވެ ވާހަކަ ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ފޮނުއްވާނީ [email protected] އަށެވެ.  

                21   ޖުމާދުލްޢޫލާ   1440

                27    ޖަނަވަރީ    2019

27 ޖަނަވަރީ 2019
ހޯދާ