މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ.އަތޮޅު ބަރެސްދޫ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އާ ބެހޭ

 

ލ.އަތޮޅު ބަރެސްދޫއަކީ މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އައި.ޓީ.ޑީ.ސީ) ގެ ފަރާތުން، ދިވެހިރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިޒަމް ތަޢާރަފްކުރުމުގެ ގޮތުން ގެސްޓްހައުސް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، މި ކުންފުންޏާއި ޙަވާލުކޮށްފައިވާ ރަށެކެވެ.

ބަރެސްދޫގައި އިމާރާތްކުރުމުގެ މައިގަނޑު މަސައްކަތްތައް ފެށުމުގެ ކުރީން ޤާއިމްކުރަންޖެހޭ އަސާސީ ޚިދުމަތްތަކުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރެވެމުންނެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، އެ މަސައްކަތާއި ޙަވާލުވެފައިވާ "މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް" ގެ ފަރާތުން ބަރެސްދޫ އަދި ބަރެސްދޫ އާއި ގުޅުވާލެވިފައިވާ މަހަކަންފުށީގައި، އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެހެންކަމުން، ބަރެސްދޫގައި މިދެންނެވި މަޝްރޫޢުގެ މަސައްކަތްތައް ފެށިފައިވާތީ، މިކުންފުނީގެ ހުއްދަނެތި އެއްވެސް ފަރާތަކުން، ބަރެސްދޫ އަދި މަހަކަންފުއްޓަށް، އެއްވެސް ބޭނުމަކު އެރުމަކީ މަނާކަމެއްކަމުގައި އާއްމުކޮށް އިޢުލާނުކުރަމެވެ.

 

 

 

27 ޖަނަވަރީ 2019
ހޯދާ