އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ޕެސެންޖަރުންގެ އެކޮމޮޑޭޝަން އަދި ޓްރާންސްފަރ ހުޅުމާލެއިން ހަމަޖައްސަދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ މަތިންދާބޯޓު ދަތުރުތައް ޑިލޭ ވުމާއިގުޅިގެން ޕެސެންޖަރުންގެ އެކޮމޮޑޭޝަން އަދި ޓްރާންސްފަރ ހުޅުމާލެއިން ހަމަޖައްސަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ޢިއުލާން ބާތިލުކޮށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  27 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި ޢިއުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 3 ފެބުރުވަރީ 2019  ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

22 ޖަނަވަރީ 2019
ހޯދާ