ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެ ކުއްޔަށް ހިފުމާއި ބެހޭ

ގެ ކުއްޔަށް ހިފުމާއި ބެހޭ

 

 

                                   މިމަރުކަޒުގެ އިޢުލާން ނަންބަރ GS04 / Iu / 2018 / 38  ( 31 ޑިސެމްބަރ 2018 ) އިޢުލާންގެ ޝަރުތު ހަމަނުވާތީވެ އާއި ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                 2019 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް  ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

               ވީމާ ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު  12:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު  12:00 އަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ.

                  މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށައެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ނަމަ އެފަރާތުގެ ސިޓީއެއް ހުށައަޅަންވާނެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ  ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ އައިޑީ ކާޑު ހިފައިގެން ދުރުވުމަށް ހަނދުމަފުޅުބެހެއްޓުމަށް ދަންނަވަމެވެ.

            

                                    21 ޖެނުއަރީ 2019

21 ޖަނަވަރީ 2019
ހޯދާ