މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިޒްނަސް ކޮންވެންޝަން އިންތިޒާމްކުރުމުގައި އެހީތެރިވެދޭނެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމާގުޅޭ

އިއުލާން

ބިޒްނަސް ކޮންވެންޝަން އިންތިޒާމްކުރުމުގައި އެހީތެރިވެދޭނެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމާގުޅޭ

 

             މިނިސްޓްރީއިން 09 ޖަނަވަރީ 2019 ގައި ކުރި އިޢުލާން (އިޢުލާން ނަންބަރ: (IUL)101-AF/1/2019/17 ) ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

            މިމިނިސްޓްރީން އިންތިޒާމްކޮށްގެން، ވިޔަފާރިވެރިންނަށް އަމާޒުކޮށް، 27-26 ފެބްރުއަރީ 2019 އަށް، ބިޒްނަސް ކޮންވެންޝަނެއް ބޭއްވުމަށް ޤަޞްދުކުރަމެވެ. މިކޮންވެންޝަންގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޝައުޤުވެރިވާ އިވެންޓް މެނޭޖްކުރާ ފަރާތްތަކުން އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.

            މިއިޢުލާނާއި ގުޅިގެން، އަންދާޒީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 27 ޖެނުއަރީ 2019ގެ 12.00 އެވެ. ބީލަމަށް ހުށައަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އިކޮނޮމިކް މިނިސްޓްރީ، ބޮޑުތަކުރުފާނު މަގު ތިންވަނަ ފަންގިފިލާގައެވެ. ސުންގަޑީގެ ފަހުން ހުށަޢަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

           މިއިޢުލާނާއި ގުޅިގެން، މަޢުލޫމާތު ސެޝަން އޮންނާނީ 22 ޖެނުއަރީ 2019 ވަނަ ދުވަހު 10:00 ގައި އިކޮނޮމިކް މިނިސްޓްރީ، ބޮޑުތަކުރުފާނު މަގު ތިންވަނަ ފަންގިފިލާގައެވެ. އަންދާޒީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ހުށަހެޅުއްވުންތަކުގައި، އަގުގެ ތަފްޞީލާއި އެކު ހިމަނަންޖެހޭ ބައިތައް، ތިރީގައިއެވަނީއެވެ.

  1. ކޮންވެންޝަން ބާއްވާ ތަނުގެ އިންތިޒާމްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން (އެމް.އީ.ޑީ) އިން އެދޭގޮތަށް ހަމަޖައްސައިދިނުން.
  2. ޕްރޮޖެކްޓަރ އަދި ސްކްރީން ބަހައްޓައިދިނުން.
  3. ބެނަރ އަދި ބެކްޑްރޮޕްތައް ޕްރިންޓް ކުރުމާއި ސެޓްއަޕް ހަދައިދިނުން.
  4. ޕެނަލް ޑިސްކަޝަންގެ ސެޓަޕް

ކޮންވެންޝަން ބާއްވާ ތަނުގެ އިންތިޒާމްތައް

 

ބާއްވާ ތަން: ދަރުބާރުގެ ގްރައުންޑް ފްލޯރ (ރަންނަބަނޑޭރި މާލަމް، ބިއްލޫރި މާލަމް، ހިރިޔާ މާލަމް)

  1. 26 ފެބްރުއަރީ 2019 – ކޮންވެންޝަން ހުޅުވާ ރަސްމިއްޔާތަށް 150 މީހުންނަށް  ސައި، ކޮފީ، ބިސްކޯދު/ހެދިކާ، ތައްޔާރު ކޮށްދިނުން.
  2. 27 ފެބްރުއަރީ 2019 – ކޮންވެންޝަން ނިންމާލުމަށް 150 މީހުންނަށް ބާއްވާ ރޭގަނޑުގެ ފަރިއްކޮޅު ތައްޔާރު ކޮށްދިނުން.

ކޭޓަރިންގ

  1. ގޮޑި/ މޭޒު
  2. މަޢުލޫމާތު ފޯރުކޮށްދޭ 10 -12  ކިއޮސްކް އެރޭންޖްކޮށްދިނުން.

ސްޓޯލް/ ބޫތް ސެޓަޕް

  1. އޭވީ ކޮންޓްރޯލް، ސައުންޑް، ލައިޓް، ޕޯޑިއަމް، މައިކް (ހޭންޑް ހެލްޑް) އަދި ތިން ހޯލަށް އޮންސައިޓް އިލެކްޓްރޯނިކް މެނޭޖްމަންޓް ހަމަޖައްސައިދިނުން.
  2. އޮން-ސައިޓް އަޝަރސް ހަމަޖައްސައދިނުން.
  3. ކޮންވެންޝަންގެ ތީމް ބެނަރ/ އަދި ހޯލްގެ ޑެކޮރޭޝަނަށް ބޭނުންވާ ވިޝުއަލް ފަދަ ތަކެތި ފޯރުކޮށްދިނުން.
  4. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ހަމަޖައްސާފައިވާ ވައިފައިގެ ޚިދުމަތް ބިޒްނަސް ކޮންވެންޝަން ބޭއްވޭ ތަނަށް ލިބޭގޮތް ހަމަޖައްސައިދިނުން.
  5. ވީޑިއޯ ޑިސްޕްލޭ ވޯލްސް/ އިވެންޓް ބޭއްވޭ ތަނުގައި ލެޑް ސްކްރީންސް ބަހައްޓައިދިނުން. ( ސައިޒް  18”9’ ނުވަތަ އެއަށް ވުރެ ބޮޑު ސައިޒުގެ)

އެހެނިހެން

 

         އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

މާރކިންގ ކްރައިޓީރިއާ    ޖުމްލަ މާރކްސް 100

ހުށަހަޅާފައިވާ އަގު       60 މާރކްސް

-          މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ ބެންޗް މާރކް ކަމަށްބަލައިގެންނެވެ.

ތަޖްރިބާ             40 މާރކްސް

-          މިމަސަކަތްކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތަޖްރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ، ހުށަހަޅާފައިވާ ފަރާތްތަކުން ހުށައަޅާ ގުޅުން ހުރި ދާއިރާތަކުގެ މަސައްކަތަށެވެ. ގުޅުން ހުރި ދާއިރާކަމުގައި ބެލެވޭނީ އިވެންޓް މެނޭޖްމަންޓްއެވެ.

ކަމާބެހޭ އިދާރާތަކުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. މާރކްސް ދެވޭނީ ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް  އެންމެ ގިން ގުޅުންހުރި ލިޔުން ހުށަހަޅާ ފަރާތަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.  

20 ޖަނަވަރީ 2019
ހޯދާ