ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ: އޮޑިޓަރޖެނެރަލް އޮފީސް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލިއްޔަތު ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

        މާލެ،

        ދިވެހިރާއްޖެ

      

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2018 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު 2018/13/އައި.ޔޫ/އެމް.އެލް/އެފް-57 (24 ޑިސެމްބަރ 2018) އިޢުލާނާ ގުޅިގެން، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީވެ، މި ޢިއުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން، ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާނޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

20 ޖަނަވަރީ 2019
ހޯދާ