މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަގުތީ ޕަވަރ ބެކަޕް ސިސްޓަމް / ފެން ޕަމްޕް ސިސްޓަމް / ސެންޓްރަލައިޒްޑް އޭސީ ސިސްޓަމް ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުން

MALDIVES REAL ESTATE INVESTMENT CORPORATION PVT LTD

ނަންބަރު: MREIC/IU/2019/0002 

މަސައްކަތް 

 

ވަގުތީ ޕަވަރ ބެކަޕް ސިސްޓަމް / ފެން ޕަމްޕް ސިސްޓަމް / ސެންޓްރަލައިޒްޑް އޭސީ ސިސްޓަމް ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުން:

ތިރީގައި މިދަންނަވާ ސިސްޓަމްތައް ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ވަގުތީ ޕަވަރ ބެކަޕް ސިސްޓަމް
  2. ފެން ޕަމްޕް ސިސްޓަމް
  3. ސެންޓްރަލައިޒްޑް އޭސީ ސިސްޓަމް

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖެނުއަރީ 2019 ވާ ބުދަ ދުވަހު 14:00 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހު 10:00 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.  

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހ. ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޖެނުއަރީ 2019

 

A subsidiary of MTCC

Maldives Real Estate Investment Corporation Pvt Ltd  |  01st Floor, MTCC Sawmill  |  Boduthakurufaanu Magu  |  Maldives
Phone: 7736424  |  Fax: 3001422  |  E-mail: [email protected]

20 ޖަނަވަރީ 2019
ހޯދާ