ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ޚިދުމަތްތައް ދޭނެ ފަރާތްތަކެއް ހޯދަށް ބޭނުންވެއްޖެ

`

ނަމްބަރު: IUL-248-ESMSMS/248/2019/8                 

 އިޢުލާނު

މުނިސިޕަލް ޚިދުމަތްތައް ދޭނެ ފަރާތްތަކެއް ހޯދަށް  ބޭނުންވެއްޖެ.

                 ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކުރުމަށާއި، ކައުންސިލްގެ މުނިސިޕަލް އެހެނިހެން މަސައްކަތްތައް ކުރުމަށް ކައުންސިލްގެ މުނިސިޕަލް ފޯސްއެއް އެކުލެވާލުމަށް ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމް ނަމްބަރު:

-

ބޭނުންވާ ޢަދަދު :

3  (ތިނެއް) ފިރިހެން ބޭފުޅުން،

މަޤާމުގެ ގިންތި:

-            

މަޤާމުގެ ކްލެސިފިކޭޝަން:

މަސައްކަތު

ސެކްޝަން:

މުނިސިޕަލް ސަރވިސް ސެކްޝަން

ޚިދުމަތް ދޭންޖެހޭ އޮފީސް:  

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ

މަސައްކަތް ކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ

މުސާރަ:

މަހަކު -/2500 ރ

ސާރވިސް އެލަވަންސް:

މަހަކު -/500 ރ

އިތުރު އިނާޔަތްތައް:  

_  

މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިޖުތިމާއީ ސަރަޙައްދުތައް ސާފުކުރުން

2- ފިނި އަށިތަކާ ފިނިހިޔާތަކާއި ބުރުތައް ސާފުކޮށް ބެލެހެއްޓުން.

3- އެކި އެކި ޙަފްލާތަކަށާއި ރަސްމިއްޔާތަކަށް ތައްޔާރު ވުމުގައި އެހީތެރި ކަމާ އެއްބާރުލުން ދެއްވުން.

4- ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތައް ފޮޅައި، ސާފުކުރުމުގެ މަސައްކަތަށް އެހީތެރިކަން ދިނުން.

5- ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގައި އެއްބާރުލުމާ އެހީތެރިކަން ދިނުން.

6- މީގެ އިތުރުން ކައުންސިލު އިދާރާއިން އަންގާ މަސައްކަތްތައް ކުރުން.

7- ކައުންސިލުން ހިންގާ ތަފާތު މުބާރާތްތަކަށް އެހީތެރިވުން.

8- އޯޕަން ސުޓޭޖާ ކުޑަކުދިންގެ ޕާކް ސާފުކޮށް ބެލެހެއްޓުން.

9- ޑަސްބިންތައް ނަގައި އުކާލުން.

10- ރަށުޕިކަޕުގައި ކުނިގޮޑަށް ގެންދެންޖެހޭ ތަކެތި ގެންދިއުން.

11- މަގާއި ބަނދަރު ބައްތިތައް މަރާމާތު ކުރުމުގައި ދޭންޖެހޭ އެއްބާރުލުން ދިނުން.

12- ސަރުކާރާއި ރައްޔިތުންގެ ޢިމާރާތް ތަކުގައި ކުލައާއި، ދަވާދުލުން.

13- ގަބުރުސްތާނު ނޮޅައި ސާފުކޮށް ބެލެހެއްޓުން.

މަސައްކަތުގެ ޝަރުތައް:

1- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

2- ޝަރުތު ފުރިހަމަނުވާ ފަރާތްތަކުންވެސް މި ކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހުން ހޮވާނީ ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތުގެ ތަޖްރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ.

3- އުމުރުން 18 އަހަރު ނުވާ ކުއްޖަކު މިކަމަށް އެދި ހުށަހަޅާނަމަ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ އޮންނަށް ޖެހޭނެއެވެ.

މަސައްކަތަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
  • މަސައްކަތު ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާކައުންޓަރުން ލިބެން ހުންނާނެއެވެ. )

2- ޚިދުމަތް ދިނުމަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- އެއްބަސް ވުމެއް އޮވެގެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާނަމަ މި މަސައްކަތަށް ވީއްލުމާއިމެދު އިޢުތިރާޒެއް ނެތަކަމށް، ވަޒިފާ އަދާކުރާ އޮފީހެގެ ލިޔުން.

5- ސްކޫލު ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

6- ތަޢުލީމީ ދާއިރާއަކުން ދޫކޮށްފައިވާ އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގޭ ކަމުގެ ލިޔުމެއްގެ ކޮޕީ: ނުވަތަ ގްރޭޑް 7 ނަތީޖާ ޝީޓް

(ހ) އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒިފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފިހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދަރައެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުނ.

މަސައްކަތު މީހެއްގެ ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

މަސައްކަތު ވަޒިފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް (ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖަނަވަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގެނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި،ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މަސައްކަތު މީހުންގެ ވަޒީފާއަށް އެދޭ ފަރާތްތައް، އިންޓަވިއު ކުރުން އޮންނާނީ 28 ޖަނަވަރީ 2019 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ވުމާއެކު މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މަސައްކތު ވަޒީފާއަށް އެދި 10 ބޭފުޅުންނަށް ވުރެން ގިނައިން ހުށަހަޅުއްވައިފިނަމަ ޝޯޓްލިސްޓް ކުރެވޭނއެވެ.

މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ:

މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މައުލޫމާތު ސާފް ކުރުމަށް ބޭނުން ފުޅުވާނަމަ، މިއިދާރާގެ ނަންބަރު (ފޯނު:6500013) އާއި ގުޅުއްވުން އެދެމެވެ.

                   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2019
ހޯދާ