އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް

                              މި ސްކޫލުގެ ކެންޓީނު، ކުރިއަށްއޮތް 2 އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި، ނަންބަރ AS-B/IU/2019/03     (8 ޖެނުއަރީ 2019) އިއުލާނަށް އަންދާސީ ހިސާބު ހުށައެޅުމަށް ހާޟިރުވީ އެއް ފާރާތުން ކަމަށް ވާތީ އެ އިޢލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

          މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖެނުއަރީ 17 އިން 2019  ޖެނުއަރީ 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓު ނުކުރާ ފަރާތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ  24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

ކޮޕީ އީ-މެއިލް: [email protected]

 

11 ޖުމާދިލްއުލާ 1440

17 ޖަނަވަރީ 2019
ހޯދާ