މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:                ލޯންޗް ޑްރައިވަރ  

މަޤާމުގެ ނަންބަރު:         299617

 ބޭނުންވާ ޢަދަދު:         1

ގިންތި:                ދާއިމީ

ރޭންކް:                އެސް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:    ސަޕޯރޓްސް ސްޓާފް ގްރޭޑް 3 

އޮފީސް:                މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      މެރިން ރިސާރޗް ސެންޓަރ    

ވަޒީފާ އަދާކުރަންޖެހޭ ތަން:   މަނިޔަފުށި

މުސާރ:               -/3875 ރުފިޔާ

ސަރވިސް އެލަވަންސް:      -/1000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:  -/1200 ރުފިޔާ

 

       މަޤާމުގެ ޝަރުތު        

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ގްރޭޑް 7 ނިންމާފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަނިޔަފުށީގައި ކުރާ މެރިކަލްޗަރ މަސައްކަތާއި ގުޅޭ ގޮތުން ކުރަންޖެހޭ އެއްމެހައި، ދަތުރުތައް ރާވާ ކުރަންޖެހޭ ދަތުރުތައް ލޯންޗް ޑްރައިވަރެއްގެ ހައިސިއްޔަތުން ކުރުން.
  • ލޯންޗުގެ މުއާސަލާތީ ސާމާނާއި، އެހެނިހެން ސާމާނު  ހަމަތޯބަލައި އެތަކެތި މަސައްކަތްކުރާ ހާލަތުގައި ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް ލޯންޗުގެ އިންޖީނާއި، އެހެން ބައިތައް ޗެކުކޮށް ކުރަންޖެހޭ މަސައްކަތެއްވާނަމަ އެމަސައްކަތެއް ކުރުން.
  • ލޯންޗުގެ ޙާލަތު ބަލައި، މަރާމާތެއް ކުރަންޖެހޭނަމަ އެކަންކަމާބެހޭ އިސްފަރާތަށް އެންގުން. ލޯންޗުގެ މަރާމާތެއް ކުރަމުން ދާނަމަ އެމަސައްކަތް ދާނުދާގޮތް ބެލުން.
  • މަނިޔަފުއްޓަށް ގެންދެވޭމުދަލާއި މަނިޔަފުށިން ބޭރުކުރެވޭ މުދާ އުޅަދުން ބާލައި ގުދަންކުރުމާއި، ރަށުން އުޅަނދަށް އެރުވުން.
  • މަނިޔަފުށީގެ އިންޖީނުގޭގެ ޖަނަރޭޓަރުތައް ސާފުކޮށް ބެލެހެއްޓުން.
  • ޑިޔުޓީ އުސޫލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ތަނުގައި ކުރާ ދިރާސާ މަސައްކަތްތަކުގައި އެހީތެރިވުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- އިންޓަވިއު އަދި ޕްރެކްޓިކަލްސް

 

މި މަގާމުތަކަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2018 ޖެނުއަރީ 28 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

   11 ޖުމާދަލްއޫލާ  1440

17 ޖަނަވަރީ 2019
ހޯދާ