މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވިޔަފާރި ނުކުރާ ފަރާތްތަކުން ރަޖިސްޓްރީން އުނިކުރުމަށް އެދުން

އިޢުލާން

 

 

މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރި ނުކުރާ ފަރާތްތަކާއި، އެފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ނުވަތަ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަން ލާޒިމުނުވާ ގިނަ ފަރާތްތަކެއް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.

ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރި ކަމުގައި ވިޔަސް، ޓެކްސް ބަޔާން ހުށަހެޅުންފަދަ ޓެކުހާ ގުޅޭ އިލްތިޒާމުތައް ގަވާއިދުން ފުރިހަމަ ނުކުރުމަކީ ގާނޫނުގެ ދަށުން ޖޫރިމަނާވާ ކަމަކަށްވާތީ، ވިޔަފާރިކުރާ އަމިއްލަ ފަރުދުން ރަޖިސްޓަރީ ކުރުމާއި، ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި، ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމުގައި ބޮޑެތި ލުއިތަކެއް 2017 ވަނަ އަހަރުގެ ތެރޭގައި ވަނީ ދެވިފައެވެ. އެހެން ނަމަވެސް އަދިވެސް ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރެވިގެން  ކުދި ވިޔަފާރިތަކަށް އެކި އެކި ދަތިތައް ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ.

ވީމާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީ ކުރުމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުން ރަޖިސްޓަރީން އުނިކުރުމަށް އެދޭ ފޯމް (MIRA106) ފުރިހަމަކުރައްވައި ރަޖިސްޓަރީން އުނި ކުރެއްވުމަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ރަޖިސްޓަރީން އުނިކުރުމަށް އެދޭ ފޯމް މީރާގެ ވެބްސައިޓް  www.mira.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މީރާގެ އޮފީސްތަކުންވެސް  ލިބިވަޑައިގަންނަވާނެއެވެ.

 

10 ޖުމާދަލްއޫލާ 1440

 

 

16 ޖަނަވަރީ 2019
ހޯދާ