މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

 

އިޢުލާން

މަޤާމު

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ނަންބަރު


J-251577

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޜަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިރަން / ސެކިއުރިޓީ ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވެންސް 1:  މަހަކު 1200.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ ހިނގަމުން އަންނަ އިމާރާތުގެ އެތެރެއާއި ބޭރުގެ ސެކިޔުރިޓީ ބެލެހެއްޓުމާއި، ރަސްމީ ދުވަސްދުވަހު ހެނދުނު 7:30 ގެ ކުރިން އޮފީސް ހުޅުވުމަށްޓަކައި ތަޅުދަނޑި ކަޅުތުއްކަލާ ކޮށިން ގެނައުމާއި، ރޭގަނޑު އޮފީސް ބަންދުކުރުމަށްފަހު ކަޅުތުއްކަލާ ކޮއްޓަށް ތަޅުދަނޑި ގެންދިއުން. އަދި ސަރުކާރު ބަންދު ދުވަސް ދުވަހު ހެނދުނު 9:00 ގެ ކުރިން އޮފީސް ހުޅުވާ ތަޅުދަނޑި ކަޅުތުއްކަލާ ކޮށިން ގެންނައުން.
  2. ޑިއުޓީ ރޯޓާގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި އޮފީހުގެ ދިދަނެގުމާ، ހަވީރު 6:00 ގައި ދިދަ ތިރިކުރުން.
  3. ޑިއުޓީ ރޯޓާގައިވާ ގޮތުގެ މަތީން ރަސްމީގަޑީގައި އޮފީހުގެ ރިސެޕްޝަން އޭރިޔާގައި ސެކިޔުރިޓީ ބެލެހެއްޓުމާއި، ރިސެޕްޝަނިސްޓުން އަންގާ ގޮތެއްގެ މަތީން ބައްދަލުވުންތައް، ވެރިންގެ އެޕޮއިންޓްމަންޓްތަކަށާއި އަދި އެކި ބޭނުންތަކުގައި މިނިސްޓްރީއަށް އަންނަ ފަރާތްތަކަށް އެމީހުންދާންވީތަން އަންގައި ދިނުން.
  4. މިނިސްޓްރީ ހުޅުވިފައި ހުންނަ ކޮންމެ ވަގުތެއްގައި ހުޅަނގު ފަރާތު ބޮޑުދޮރުކާރީގައި ޑިއުޓީ ރޯޓާއި އެއްގޮތަށް ޑިއުޓީ އަދާކުރުން.
  5. މިނިސްޓަރުގެ ކާރުކޮޅު ބޭއްވުމަށް ކަނޑައެޅިފައިވާ ތަނުގައި އެހެން ވެހިކަލެއް ޕާކް ކުރުވިޔަ ނުދީ ބެލެހެއްޓުމާއި، މިނިސްޓަރ އޮފީހަށް ވަޑައިގަންނަވާ ކޮންމެ ވަގުތެއްގައި ބޭރު ގޭޓް ކުރިމަތިން ކާރުކޮޅު ވަނުމަށް ޖާގަ ދައްކައި މިނިސްޓަރާއި، ސްޓޭޓްމިނިސްޓަރުން އޮފީހަށް ވެންނެވުމަށް ހުޅަނގު ފަރާތު ބޮޑުދޮރުފަތް ހުޅުވައިދިނުމާއި އޮފީހުން ނުކުންނަވާ ގަޑީގައި ދޮރުފަތް ހުޅުވައިދިނުން.
  6. މިނިސްޓްރީގެ މުވައްޒަފުން ފިޔަވައި އެހެންބަޔަކު ރަސްމީގަޑީގައި މިނިސްޓްރީގެ ޑިވިޜަންތަކަށް ވައްދަންވާނީ އެމީހަކު ވެއްދުމަށް ހުއްދަލިބިގެންނެވެ. އަދި ރަސްމީގަޑި ނިމެންދެން ޑިއުޓީ ރޯޓާއާއި އެއްގޮތަށް އެތަނުގައި ޑިއުޓީކުރުން.
  7. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނަގަމުންދާ ތަންތަނުގެ ތަނޅުދަނޑިތައް ކަޅުތުއްކަލާ ކޮށިން ގެނެސް އޮފީހުގެ ސެކިއުރިޓީ ޖަގަހައިގައި ހުންނަ ތަޅުދަނޑިލާ އަލަމާރީގައި ބަހައްޓައިގެން ތަޅުދަނޑިތައް ބެލެހެއްޓުމާއި، ތަޅުދަނޑި ނެގުމަށް ހުއްދަ ދީފައިވާ މުވައްޒަފުންނަށް ތަޅުދަނޑި ދޫކުރުމާއި އެތަނެއް ހުޅުވުމަށްފަހު އަނބުރާ ތަޅުދަނޑި ގެނައުމުން ތަޅުދަނޑިއާ ޙަވާލުވެ ބެލެހެއްޓުން.
  8. ރަސްމީ ގަޑީގައި މުވައްޒަފުންގެ ވެހިކަލްތައް ޕާކުކުރަނީ ކަނޑައެޅިފައިވާ ސަރަހައްދުގައިތޯ ބެލުމާއި، މިނިސްޓްރީގެ ވެހިކަލްތައް ޕާރކުކުރުމަށް އޮންނަ ސަރަހައްދުގައި ރޭގަނޑު މުވައްޒަފުންގެ ވެހިކަލްތައް ފާރކު ނުކުރުމާއި، މިނިސްޓްރީގެ ވެހިކަލްތައް ބޭރަށް ނެރޭގަޑީގައާއި، ރޭގަނޑު ވެހިކަލްތައް ވައްދާ ގަޑީގައި ޑްރައިވަރުންނަށް އެހީތެރިވުން.
  9. ނުރަސްމީގަޑީގައި އެޑްމިނިސްޓްރޭޝަން ޑިވިޜަނުން އަންގަވާ ގޮތެއްގެ އޮފީސް ހުޅުވުން.
  10. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން އެކިފަރާތްތަކަށް އަވަހަށް ފޮނުވަންޖެހޭ ތަކެއްޗާއި، ސިޓީ، މެމޯ، ނޯޓް ފަދަ ލިޔުންތައް ރައްދުކުރުން.

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެނގުން.

 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެބް ގްރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަކަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖެނުއަރީ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 29 ޖަނަވަރީ 2019 ން 14 ފެބުރުވަރީ 2019 އާއި ދެމެދު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

 

 

 

 

16 ޖަނަވަރީ 2019
ހޯދާ