އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަންެ ސަރވިސަސްގެ މައި އިދާރާ ހިންގުމަށް ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މައި އިދާރާ ހިންގުމަށް 5100 އަކަފޫޓަށްވުރެން ކުޑަ ނޫން ޢިމާރާތެއް ނުވަތަ ވަކި ވަކި ފަންގިފިލާ އިން ވާގޮތަށް އިސްވެ ދެންނެވުނު އަކަފޫޓަށް ވުރެން ޖުމްލަކޮށް ކުޑަ ނޫން ތަނެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ޢިއުލާން ބާތިލުކޮށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  23 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި ޢިއުލާނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 30 ޖަނަވަރީ 2019  ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

16 ޖަނަވަރީ 2019
ހޯދާ