ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުން

ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުން

  1. މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)RS/1/2019/7 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގައި ޝަރުޠުހަމަވާ 3 ފަރާތް ނެތުމުން އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ މެއިލަށްހުށަހަޅުއްވައި ނަންނޯޓުކުރެއްވުން އެދެމެވެ. މިމުއްދަތުގައި މެއިލް މެދުވެރިކޮށް ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭއެވެ.
  3. މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 19 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  5. މިމަސއްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

15 ޖަނަވަރީ 2019
ހޯދާ