ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް ޖާގައެއް ބޭނުންވެއްޖެ

ނަންބަރު: IUL)196-C/1/2019/4)

އިޢުލާން

އޮފީސް ޖާގައެއް ބޭނުންވެއްޖެ.

     މިއޮފީހުގެ ބޭނުމަށް އޮފީސް ޖާގައެއް ގއ. ވިލިނގިލިން ކުއްޔަށް ހިފަން ބޭނުންވެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތަކާއެކު، 2019 ޖަނަވަރީ 23 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ގއ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

  • ކުލި
  • ކުއްޔަށްދޫކުރަން ޤަޞްތުކުރާ މުއްދަތު
  • ޢިމާރާތުގެ ބޮޑުމިން (އިންތަކާއި މިންތައް ހިމެނޭގޮތުގެ) ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ކުރެހުމެއް
  • ޢިމާރާތުގެ ޙާލަތު އެނގޭނެ ލިޔުމަކާއި ކުލަ ފޮޓޯތައް

     މިއޮފީހުގެ ގއ. ގޮފި ހިނގަމުންދަނީ ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 ފޯނާއި، ނުވަތަ ގއ. ގޮފީގެ ނަންބަރު: 6820060 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

09 ޖުމާދަލްއޫލާ  1440

15 ޖަނަވަރީ 2019
ހޯދާ