މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
'ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސް'ގެ ނަމުގައި، ޖަމްޢިއްޔާއެއް އުފައްދުން

ނަންބަރު: (IUL)101-BR/1/2019/24 

 

 

 

އިޢްލާން

            ދިވެހި އަންހެން ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތައް ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މިމިނިސްޓްރީން އެހީތެރިވެދިނުމަށް ވަނީ ނިންމާފައެވެ.

            މިގޮތުން، 'ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސް'ގެ ނަމުގައި، ޖަމްޢިއްޔާއެއް އުފައްދަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން މިމިނިސްޓްރީން ފޯރުކޮށްދެވޭނެއެވެ. އަދި މިގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އަންހެން ވިޔަފާރިވެރިންގެ ތަރައްޤީއަށް މަސައްކަތްކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން 'ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސް'ގެ މުއައްސިސުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

            ވީމާ، 'ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސް'ގެ މުއައްސިސުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރާ މަޢުލޫމާތު، 20 ޖެނުއަރީ 2019ގެ މެންދުރު 1200ގެ ކުރިން، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް mv.gov.trade@1691  އަށް ފޮނުވުމަށް ދަންނަވަމެވެ.

  1. ފުރިހަމަ ނަން
  2. މޯބައިލް ނަންބަރު
  3. އީމެއިލް އެޑްރެސް
  4. އައިޑީކާޑުގެ ކޮޕީ
  5. ވަނަވަރު (އެފަރާތަކުން ޚިޔާރުކުރާ ފޯމެޓަކަށް)
  6. މިހާރު ހިނގަމުންދާ ޖަމްޢިއްޔާއެއް ތަމްޞީލުކުރުމަށް ބައިވެރިވާނަމަ، ޖަމްޢިއްޔާގެ ނަން.

މިޖަމްޢިއްޔާގެ މުއައްސިސުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ބައްދަލުވުމެއް، 26 ޖެނުއަރީ 2019 (ހޮނިހިރު) ދުވަހު ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި، މިބައްދަލުވުމާބެހޭ އިތުރު ތަފްޞީލު މުއައްސިސުންނަށް ވުމަށް އެދި ނަން ހުށަހަޅާ ފަރާތްތަކާއި ޙިއްޞާކުރެވޭނެއެވެ.

                  މިއިޢްލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

 

            ‏08‏ ޖުމާދަލްއޫލާ‏ 1440

            ‏14‏ ޖަނަވަރީ‏ 2019

 

14 ޖަނަވަރީ 2019
ހޯދާ