މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

  (IUL)10-C/10/2019/3 :ނަންބަރު

 

އިޢުލާނު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-257366

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް /އެގްޒެކްޓިވް ސެކްރެޓޭރިއޭޓް ޔުނިޓް/ ކ. މާލެ

މުސާރަ:

މަހަކު  4,465.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1,500.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެގްޒެކެޓިވް ސެކްރެޓޭރިއެޓަށް ރަސްމީކޮށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް، މިނިސްޓަރ އަރިހުން މައްސަލަތަކާމެދު ގޮތް ނިންމައި، ޖަވާބު ފޮނުވުމާއި، ޔުނިޓްގެ ފަރާތުން ލިޔެ ފޮނުވަން ޖެހޭ ލިޔެކިޔުންތަކާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. މިނިސްޓަރާއި އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުންގެ އަރިހުން އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ ބައްދަލުވުންތައް މިނިސްޓަރ ވިދާޅުވާ ގޮތެއްގެ މަތިން ހަމަޖައްސުން ނުވަތަ އެބޭފުޅުން ބޭނުންފުޅުވާ ކަމަކަށް މިނިސްޓަރ އަންގަވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމާއި، މިބޭފުޅުންނަށް އަންނަ ދަޢުވަތު ކާޑްތައް އެބޭފުޅުންނަށް އަރުވައި، ގޮތެއް ނިންމައި އެފަރާތަށް އެންގުން.
  3. މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތައް ހަމަޖައްސައި އިންތިޒާމްކޮށްދިނުމާއި ޔައުމިއްޔާ ލިޔަންޖެހޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  4. މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ އަރިހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެބޭފުޅުން ރިސީވް ކުރުމާއި، ސައިފޮދުގެ އިންތިޒާމް ހަމަޖެއްސުމާއި، ހަދިޔާ އަރުވަން ޖެހޭ ބޭފުޅުންނަށް ބޭނުންވާ ހަދިޔާ ހޯދާފައި ބެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. މިނިސްޓަރގެ ދުވަހު ޝެޑިއުލްއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ދުވަސްތަކާއި، އެހެނިހެން މުނާސަބަތުތަކުގެ ތެރެއިން މިނިސްޓަރ އަންގަވާ މުނާސަބަތުތަކަށް ތަޙުނިޔާ ކާޑު ޑިޒައިންކޮށް ފޮނުވުން.
  7. މިނިސްޓަރާއި އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ނިމުމުން ދަތުރު ޕްރޮގްރާމާއި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
  8. މިނިސްޓަރާއި، އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުންގެ ބިޒްނަސް ކާޑް ތައްޔާރު ކުރުމާއި، ޕާސްޕޯޓް ހެއްދުމާއި، މިނިސްޓަރާއި، މިނިސްޓަރގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ޤާނޫނުން އެޢިނާޔަތް އަރުވާފައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސްގެ އިންތިޒާމްތައް ހަމަޖެއްސުމާއި، މިނިސްޓަރގެ ރަސްމީ ކާރުކޮޅަށް ބޭނުންވާ ތަކެތި ހޯދުން.
  9. ޔުނިޓްގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  10. ޔުނިޓްގެ ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ އެކްޝަން ޕްލޭނާއި އެކްޝަން ޕްލޭން ޕްރޮގްރެސް ހަދާ ޕްލޭނިންގ ސެކްޝަނާ ހަވާލުކުރުން.
  12. ބަޖެޓް ތައްޔާރުކުމަށް ޓަކައި ބޭނުންވާ މަޢުލޫމާތު ހޯދައި އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ބަޖެޓު ތައްޔާރުކުރުން.
  13. އަހަރު ރިޕޯޓުގެ އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ބައި ތައްޔާރުކޮށް އެޑްމިން ސެކްޝަނާ ހަވާލުކުރުން.
  14. މިނިސްޓަރ، އަދި އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓާ ސިޔާސީ ބޭފުޅުން ތިއްބަވާ ކޮޓަރިކޮޅު މަސައްކަތު މީހުން ލައްވާ ސާފުކުރުވާ އެބޭފުޅުންގެ ކޮޓަރިކޮޅުތަކަށާއި ޔުނިޓްގެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި، އެކޮޓަރިކޮޅުތައް ބެލެހެއްޓުން.
  15. ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އަދި ވެރިންނާއި މަޝްވަރާކޮށްގެން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި ވެރިޔަކާއި މަޝްވަރާކޮށް ވިދާޅުވާގޮތެއްގެ މަތިން ވަގުތުން ޖަވާބުދިނުން.
  16. އެގްޒެކެޓިވް ސެކްރެޓޭރިއެޓުން ބޭނުންވެއްޖެ ހިނދެއްގައި އޮފީސް ހުޅުވައި ލައްޕައި ދިނުން.
  17. މިނިސްޓަރ ސިޔާސީ ބޭފުޅުންނަށާއި، މިނިސްޓަރގެ ދަށުން ހިނގާ އޮފީސްތަކުގެ ވެރިންނަށް ހަވާލުކުރުމަށް ވިދާޅުވާ މަސައްކަތްތައް މިނިސްޓަރ އަންގަވާ ގޮތެއްގެ މަތިން އެބޭފުޅުންނާ ހަވާލުކޮށް އެމަސައްކަތެއްގެ އަޕްޑޭޓް މިނިސްޓަރަށް އެރުވުން.
  18. މިނިސްޓަރގެ މަސައްކަތްޕުޅުތަކުގައި ވިދާޅުވާ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  19. މިނިސްޓްރީގެ އެގްޒެކެޓިވް ބައްދަލުވުމުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ، ބައްދަލުވުމުން ނިންމަވާ ނިންމެވުންތައް ޕަރމަނަންޓް ސެކްރެޓަރީއަށް އެންގުން.
  20. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވާން ޖެހޭ ވޯރކްޗޮޕް/ ސެމިނަރ/ ޓެރެއިނިންގ ތަކުގައި ކަނޑައެޅޭ ގޮތެއްގެ މަތިން ބައިވެރިވުން.
  21. މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންތައްތަކުގައާއި، ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ މިނިސްޓްރީގެ ރަސްމީ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ޖަނަވަރީ 2019 އާއި 07 ފެބުރުވަރީ 2019 އާއި ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 ޖުމާދަލްއޫލާ 1440

13 ޖަނަވަރީ 2019
ހޯދާ